އަލީބާބާގެ އޮފީހެއް --
ޗައިނާގެ އީ-ކޮމާސް އަދި ކްލައުޑް ކޮމްޕިއުޓިން ކުންފުނި އަލީބާބާ އިން 10.2 ބިލިއަން އެމެރިކާ ޑޮލަރު (80 ބިލިއަން ހޮންކޮންގް ޑޮލަރު) ގެ އާ ހިއްސާ ވިއްކަން އިއުލާންކުރުމާ ގުޅިގެން، ހިއްސާގެ އަގު ވެއްޓިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާރު ހޮންކޮންގްގެ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ އަށެއް އިންސައްތައަށް ދަށްވެފައި އެވެ.
މިއީ ހޮންކޮންގްގައި ކުންފުންޏަކުން ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު ހިއްސާ ވިއްކުމުގެ ހަރަކާތް ކަމަށްވާއިރު، އަލީބާބާ އިން 710 މިލިއަން އާ ހިއްސާ ވިއްކަން ނިންމާފައިވަނީ އެންމެ ފަހުން ހިއްސާގެ އަގު ހުރި މިންވަރަށްވުރެ ކުޑަ އަގެއްގައެވެ.
މި ހިއްސާ ވިއްކައިގެން ލިބޭ މުޅި ޖުމްލަ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް އިންފްރާސްޓްރަކްޗާ އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށެވެ. މީގެ ތެރޭގައި އޭއައި މޮޑެލްތައް ތަރައްގީކުރުމާއި، ކޮމްޕިއުޓިން ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
އަލީބާބާއިން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާފައިވަނީ ދުނިޔޭގެ އަދި ޗައިނާގެ ޓެކްނޮލޮޖީ މާކެޓްގައި އޭއައިގެ ވާދަވެރިކަން ވަރަށް ބޮޑަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް