އައިސެވަން ކޮންސްޓްރަކްޝަންގެ ފަރާތުން ނެއްލައިދޫގައި ކޮވިޑް ޓްރީޓްމެންޓް ސެންޓަރެއް ޤާއިމްކޮށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ މި މަސައްކަތަކީ ސީ.އެސް.އާރު ގެ ދަށުން އައި.ސެވެން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ނެއްލައިދޫ "އެދުރުވެހި" އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ސީ.އެސް.އާރު ގެ ދަށުން ނެއްލައިދޫ އެދުރުވެހި ކޮވިޑް ޓްރީޓްމެންޓް ސެންޓަރަށް ބަދަލުކުރުމުގެ ގޮތުން އެތަން ފުރިހަމަ ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ އިމާރާތުގެ ތިން ކޮޓަރިއެއް މަރާމާތު ކޮށްފައި ވެއެވެ. މިގޮތުން މުޅި އިމާރާތުގެ އާ ސީޓޭޖު އަދި ފެން ހިންދާ ސިސްޓަމް އެއް ގާއިމް ކުރުމާއި، ފުރާޅު މަރާމާތް ކުރުމާއި، ސީލިންގ މަރާމާތުކުރުމާއި، ވެރެންޑާ ސީލިންގ ހެދުމާއި، މުޅި އިމާރާތުގެ އެތެރެއާއި ބޭރުގެ ދޮރުތައް މަރާމާތު ކުރުމާއި އަދި ދޮރުތަކުގެ ތަޅާއި ހުޅުތައް ބަދަލުކުރުމާއި އެ ކޮޓަރިތަކުގެ ސީލިންގ ރަނގަޅުކުރުމާއި ކޮޓަރިތަކުގެ އެނދުތައް ބަދަލު ކުރުމާއި، އެ ކޮޓަރިތަކުގެ ފާހާނާތައް ބަދަލު ކުރުމާއި އަދި ބަދިގެ ސިންކު ސީޓްގައި މުށި ޖެހުމުގެ އިތުރުން ކަރަންޓް ވަޔަރު އެޅައި ޑީ ބޯޑް ހަރުކޮށްފައިވެއެވެ. މިހުރިހާ މަސައްކަތެއްވެސް ކޮށްދީފައިވަނީ އެކުންފުނިން ހިލޭސާބަހަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކޯވިޑް ބަލިން ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ސާމާނު ވެސް ނެއްލައިދޫ ކައުންސިލާއި ހަވާލުކޮށްފައި ވެއެވެ. މިގޮތުން ހަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި ފޮގް މެސިނާއި، ޑިސް-އިންފެކްސަން މެސިނާއި، ޑިސްއިންފެކްސަން މެސިންގެ ޓެބްލެޓްގެ 50 ޓެބްލެޓާއި، ޔޫ.ވީ ޑިސް-އިންފެކްސަން މެސިނާއި، ޔޫ.ވީ ޑިސް-އިންފެކްސަން ކެމިކަލާއި، 500 އެމްއެލް ހަ ފުޅި ހޭންޑް ސެނިޓައިޒާއާއި، 5 ލީޓަރު 1 ފުޅި ސެނިޓައިޒާއާއި، 1000 މާސްކާއި، 5 ޕީ.ޕީ.އީ ފުލް ބޮޑީ ކިޓުގެ އިތުރުން ފޯހެޑް އިންފުރާރެޑް ތަމޯމީޓަރ ހިމެނެއެވެ.
އައިސެވަން ކޮންސްޓްރަކްޝަންގެ ފަރާތުންބުނީ ނެއްލައިދޫގެ ތަރައްޤީއަށް ކުރިއަށް އޮތްތަނުގައިވެސް އިތުރު މަސައްކަތްތައް އެކުންފުނިން ކުރިއަށް ގެންދާނެކަމަށެވެ. އައިސެވަން ކޮންސްޓްރަކްޝަން އަކީ ނެއްލައިދޫގެ މުވައްސަސާތަކަށް އެކި އެކި އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް