ކަސްޓަމަރުން ހޭލުންތެރިކުރުމުގެ ވެބިނާ އެއް ބީއެމްއެލްއިން ބާއްވަނީ

ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިންކޮށް ކުރިޔަށް ގެންދާ ފައިނޭންޝިއަލް އެޑިއުކޭޝަން ވެބިނާގައި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ގުޅޭ ގޮތުން ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ނި...

24 Aug 2020 | 10:49

ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިންކޮށް ކުރިޔަށް ގެންދާ ފައިނޭންޝިއަލް އެޑިއުކޭޝަން ވެބިނާގައި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ގުޅޭ ގޮތުން ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ އޮންލައިންކޮށް ކުރިޔަށް ގެންދާ މައުލޫމާތު ދިނުމުގެ މި ބައްދަލުވުމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުުގައި މީހުން ގެންގުޅޭ އުކުޅުތަކާއި މިފަދަ މުއާމަލާތެއް ހިނގާކަން ދެނެގަންނާނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ.

ބީއެމްއެލްގެ ޔޫޓިއުބް ގައި ކުރިޔަށް ގެންދާ މި ބައްދަލުވުމުގައި ދެ ފަރާތަކުން މައުލޫމާތު ދެއްވާނެ އެވެ. އެއީ ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ހެޑް މޫސާ ނިމާލް އަދި ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު މުހައްމަދު ސައީދެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ26 ވަނަ ދުވަހުގެ ރޭ8:00 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް