ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާއްމުކޮށްފި

"ހިޔާ" މަޝްރޫޢުގެ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ. ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި މިއަދު އާއ...

24 Aug 2020 | 09:35

"ހިޔާ" މަޝްރޫޢުގެ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ.

ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި މިއަދު އާއްމުކޮށްފައި ވަނީ H4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ އާއި H5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ އާއި H8 މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އާއި H10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓްތަކެވެ.

މިއަދު ލިސްޓްތައް އާއްމު ކުރި އިރު ހިޔާ ފްލެޓްތައް، މާލޭ ރަށްވެހީންނަށް ދިނުމަށް ކަނޑައެޅި ކެޓަގަޜީއަށް ވަނީ އަދަދު އިތުރުކޮށްފައެވެ. މިގޮތުން ކުރިން އެކެޓަގަރީން 1000 ފުލެޓް ދިނުމަށް ކަނޑައެޅި ނަމަވެސް، ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި، އެކެޓަގަރީން 1772 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީ އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފްލެޓް އިތުރުކޮށްފައި ވަނީ އެހެން ބައެއް ކެޓަގަރީތަކުން ކަނޑައަޅާފައިވާ އަދަދަށް ފުލެޓް ލިބޭމީހުން ނެތުމާއި ގުޅިގެން ކަމަށެވެ.

މިއަދު ލިސްޓްތައް އާއްމު ކުރި އިރު ހިޔާ ފްލެޓްތައް، މާލޭ ރަށްވެހީންނަށް ދިނުމަށް ކަނޑައެޅި ކެޓަގަޜީއަށް ވަނީ އަދަދު އިތުރުކޮށްފައެވެ. މިގޮތުން ކުރިން އެކެޓަގަރީން 1000 ފުލެޓް ދިނުމަށް ކަނޑައެޅި ނަމަވެސް، ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި، އެކެޓަގަރީން 1772 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)

H5 (ޓީޗަރުންނަށް ޚާއްސަ)

H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)

H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)

މަތީގައިވާ ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު މި އިޢުލާނާއެކު ޢާންމުކުރެވިފައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ H8, H5, H4 އަދި H10 ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށްވަނީ ހުޅުވާލާފައިކަން ހާމަކުރެއެވެ.  މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުން،، "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެޝަކުވާތަކަށް ބަލާނެ ކަމުގައި ފްލެޓް ކޮމިޓީން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް