ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު އިތުރު ބަޔަކު ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ އިތުރު ބަޔަކު ފުރުވާލައިފި އެވެ. މިއަދު ފުރުވާލާފައިވަނީ ބަންގްލަދޭޝްގެ 199 މީހުންނެވެ. އެމީހުން ފުރުވާލީ ގައުމީ އެއާލައިން މޯލްޑިވްސްގެ ފްލައިޓެއ...

24 Aug 2020 | 09:29

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ އިތުރު ބަޔަކު ފުރުވާލައިފި އެވެ.

މިއަދު ފުރުވާލާފައިވަނީ ބަންގްލަދޭޝްގެ 199 މީހުންނެވެ. އެމީހުން ފުރުވާލީ ގައުމީ އެއާލައިން މޯލްޑިވްސްގެ ފްލައިޓެއްގައި އެވެ.

މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ 5،000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އެ އެއާލައިނުން އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ. މޯލްޑިވިއަންގެ އިތުރުން ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާން އެއާ އާއި އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައިވެސް ގަވައިދާ ހިލާފަށް އުޅޭ މީހުން ފުރުވާލާފައިވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފުރުވާޅުމުގެ މަސައްކަތް ކުރަނީ އިމިގްރޭޝަނާއި ފުލުހުން އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ 60،000 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް