އައްޑޫ ސިޓީއަށް ފަސް އަސް ގެނެސް ވިޔަފާރިއެއް ފަށަން އުޅޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މަސައްކަތުގައި އުޅެނީ ޒުވާނުން ތަކެއް ކަމަށެވެ. އެ ވިޔަފާރި ފެށުމަށް ރާއްޖެއަށް އަސް އެތެރެކޮށް އައްޑޫ ސިޓީއަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ މަސައްކަތް އެގްރިކަލްޗާ މިނިސްޓްރީން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަ މަސައްކަތާއި ބެހޭ މައުލޫމާތު އަދި މީޑިއާއަށް އަދި އެގްރިކަލްޗާ މިނިސްޓްރީންވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތުގައި އުޅޭ ޒުވާނުން އެ ކަމާއި ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އައްޑޫގެ ރައްޔިތުންނާއި، އެ ސިޓީއަށް ޒިޔާރަތް ކުރާ މީހުންނަށް އަސް ދުއްވުމުގެ ހިދުމަތް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށެވެ.
އަސް ދުއްވުމަކީ ރާއްޖެއިން ބޭރަށްދާ ދިވެހިން ވަރަށް ޝައުގުވެރިކަމާއި އެކުކުރާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް