މާލެ ފިޔަވާ ހުރިހާ ރަށެއްގައި އިދިކޮޅުން ބާއްވަން ނިންމާފައިވާ މުޒާހަރާއަށް އީސީގެ އިންޒާރެއް!

ގާނޫނާއި ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގާ ފަރާތްތަކައި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައިސް އަހުމަދު އަކުރަމް މިހެން ވިދާޅ...

24 Aug 2020 | 06:46

ގާނޫނާއި ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގާ ފަރާތްތަކައި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައިސް އަހުމަދު އަކުރަމް މިހެން ވިދާޅުވީ މިއަދު ކުރެއްވިި ޓުވީޓެއްގައި އެވެ. އޭނާ އެހެން ވިދާޅުވީ މާލެ ފިޔަވާ ހުރިހާ ރަށެއްގައި އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރުމަށް އިދިކޮޅު ޕީީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނިންމުމާއި ގުޅިގެންނެވެ.

މި ދުވަސްވަރު މާލޭ ސިޓީގައި ފަސް މީހުންނަށްވުރެ ގިނަ މިހުން އެއްވެ އުޅުން އެޗްޕީއޭއިން އޮތީ މަނާކޮށްފައި އެވެ. އެހެންވެ މާލޭގައި މުޒާހަރާ ނުބޭއްވޭތީ އިދިކޮޅުން ނިންމީ އަތޮޅު ތެރޭގައި މުޒާކަރާ ކުރާށެވެ.

އެކަމަކު މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަކީ ގާނޫނާއި ހިލާފު ކަމެކެވެ. އަދި އެފުރުސަތު ނުދޭނެ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް