މަސްވެރިކަމުގައި އުޅެނިކޮށް ނިޔާވި ފަޅުވެރިޔާ ކޯވިޑަށް ޕޮޒިޓިވްވުމުން، ފ. ބިލެތްދޫވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިޔާވީ ފ. ބިލެތްދޫ ރާސްތާ ދޯނީގެ ފަޅުވެރިއެކެވެ. އެ ފަޅުވެރިޔާގެ ހާލު ދެރަވެގެން އެ ދޯނި ގޮސް ބަނދަރު ކުރީ ކ. ގުރައިދޫގައެވެ. ނިޔާވިކަން އެނގުނީ ގުރައިދޫ ސިއްހީ މަރުކަޒުން ބެލުމުންނެވެ.
އެ ފަޅުވެރިޔާގެ ކޯވިޑް ޓެސްޓްގެ ނަތީމާ މިއަދު ލިބިފައިވާއިރު، ޕޮޒިޓިވް ވުމުން ކ. ގުރައިދޫވެސް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ބިލެތްދޫ ކައުންސިލްގެ ރައީސް އިހްްސާން ވިދާޅުވީ ރަށް މޮނީޓަރިން އަށް ގެންދިޔަކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދެންމެ އަންގާފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް