ކުޅިވަރު ތަރައްގީ ކުރުމަށް އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގައިފި

ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމ...

24 Aug 2020 | 06:22

ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަޙްމަދު މަހްލޫފް ވިދާޅުވީ، އައްޑޫ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކަށް ކޯވިޑް-19އާ ގުޅިގެން ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އައްޑޫގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ފޭދޫ މައި ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ބައެއް ރަށްރަށުގައި ފަތާ ޓްރެކް ހެދުމުގެ މަސައްކަތް ހިމެނި އެމަޝްރޫޢުތައް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގައި ހިންގަން ނިންމާ ބަޖެޓްގައިވެސް ހިމަނާފައިވާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މިހާރުކުރިއަށްދާތީ އެފަދަ މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ބައެއް މަޝްރޫޢުތައް ހިމަނުއްވާނެކަމަށެވެ.

މިނިސްޓަރ މަހްލޫފު ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހިންގަން ފަށްޓަވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް