ރާސްތާ ދޯނިން ނިޔާވި ފަޅުވެރިޔާ ކޯވިޑަށް ޕޮޒިޓިވް، ކ.ގުރައިދޫ ރައްޔިތުން މާސްކު އެޅުމަށް އިލްތިމާސް ކޮށްފި

މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ހާލު ދެރަވެ، ދޯނީގައި ނިޔާވި ފ. ބިލެއްދޫ ރާސްތާ ދޯނީގެ ފަޅުވެރިޔާ ޕޮޒިޓިވް ކަން ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން، ކ. ގ...

24 Aug 2020 | 06:07

މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ހާލު ދެރަވެ، ދޯނީގައި ނިޔާވި ފ. ބިލެއްދޫ ރާސްތާ ދޯނީގެ ފަޅުވެރިޔާ ޕޮޒިޓިވް ކަން ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން، ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ވިދާޅުވީ އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާކަމަށެވެ.

އޮޅުވެލި ރިސޯޓް ކައިރީގައި އުޅެނިކޮށް އެ ދޯނީގައި ހުއްޓާ ފަޅުވެރިޔާގެ ހާލު ދެރަވެގެން އެ ދޯނި ގޮސްފައިވަނީ ކ. ގުރައިދޫ ބަނދަރަށެވެ. ނިޔާވެފައިވާކަން އެނގުނީ ގުރައިދޫ ސިއްހީ މަރުކަޒުން ބެލުމުންނެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން، ޔާމީން އިތުރަށް ވިދާޅުވީ އެ ދޯނި އެ ރަށުގެ ބަނދަރުގައި އޮތް އިރު، ދޯނި ކައިރިޔަށް ދިޔަ ފަރާތްތަކާއި ޖުމްލަކޮށް ރަށުގެ ރައްޔިތުން މާސްކްއަޅައިގެން ރަށުތެރޭގައި އުޅުމަށް އެ ރަށު ކައުންސިލުން އަދި ޓާސްކްފޯހުން އިލްތިމާސް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް