ޕީއެސްއައިޕީއާ ގުޅޭ ހުރިހާ މަޝްރޫއުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފި

ދައުލަތުގެ ޕީއެސްއައިޕީ އާއި ގުޅޭ ހުރިހާ ކޮންޓްރެކްޓްތައް ޕީ.އެސް.އައި.ޕީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ގޮތަށް ހަމަޖައްސައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ޕީ.އެ...

24 Aug 2020 | 05:35

ދައުލަތުގެ ޕީއެސްއައިޕީ އާއި ގުޅޭ ހުރިހާ ކޮންޓްރެކްޓްތައް ޕީ.އެސް.އައި.ޕީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ފައިނޭންޝަލް މޮނިޓަރިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީ.އެސް.އައި.ޕީ ޕޯޓަލްއެއް ޑިވެލޮޕްކޮށް ބޭނުންކުރަން ފަށާފައިވާކަމަށެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކާއި އެ ނޫންވެސް ގޮތްގޮތުން ދައުލަތާއިއެކު އެކި ފަރާތްތަކުން ކޮންޓްރެކްޓް ހެދިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްތަކުގެ މައުލޫމާތުތައް އެ ޕޯޓަލް މެދުވެރިކޮށް އަޅަމުން ގެންދިއުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުގެ ކިބައިން އެދިފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތާއެކު ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްގެންދާ އެންމެހާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް 31 އޯގަސްޓް 2010 ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ ޕޯޓަލްއަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި މި މުއްދަތުގެ ފަހުން ފައިސާ ދޫކުރެވެމުންދާނީ، ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް