މާލޭ ސިޓީ ކައުންސިލަށް އިންޑިއާ ސަރުކާރުން ހެވީ މެޝިނަރީ އުޅަންދުތަކެއް ހަދިޔާ ކޮށްފި އެވެ.
މި ތަކެތި ސިޓީ ކައުންސިލާއި ހަވާޅުކޮށްފައިވަނީ އިންޑިއާ ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ސިޓީ ކައުންސިލަށް ހަދިޔާ ކުރީ އަށް މިލިއަން ރުފިޔާގެ ތަކެއްޗެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ ޕިކަޕާއި، ހައިމާކު އަދި ކެރޭނު ފަދަ ބަރު އުޅަނދު ތަކެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެހީގައި މިގަދަ ތަކެތީގެ އެހީ ދިން ދެވަނަ ފަހަރެވެ.ެ ފުރަތަމަ އެހީ ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މިސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ހައި ކޮމިޝަނަރު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އިންޑިއާގެ 12.5 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށެވެ. މި އެހީގެ ދަށުން 28 ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއު ތަކަކީ ލާމަރުކަޒީ ސިފައެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލެވިގެން ހިންގޭ މަޝްރޫއުތަކަށް ހެދުމަށް ދިވެހި ސަރުކާރާއި ގުޅިގެން ވަނީ މަސައްކަތް ކުރެވިފައި ކަމަށެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި އުޅެމުން ގެންދަނީ މާލެ ސިޓީގައި ކަމުން، މާލެ ސިޓީ ގައި ހިންގޭ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ސީދާ ގޮތުގައި ފައިދާ ވާނޭތީ، މާލޭގައި ހިންގޭ މަޝްރޫއުތަކަށް ޚާއްސަ މުހިންމުކަމެއް ދެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް