އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފި

މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފިއެވެ. އެގޮތުން ދިރާގުން ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 11 މާރިޗް 2020 ވަނަ ދުވ...

24 Jul 2020 | 14:29

މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފިއެވެ.

އެގޮތުން ދިރާގުން ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 11 މާރިޗް 2020 ވަނަ ދުވަހު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާ ކޯވިޑް-19، ގެ ސަބަބުން ކުންފުނިން ހާސިލުކުރެވުނު މާލީ ނަތީޖާއަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ.

"އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން 2020 ވަނަ އަހަރުގެ އެއްވަނަ ކުއާޓަރާއި އަޅާބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ 25 % އިން ދަށަށް ގޮސްފައިވެއެވެ." ދިރާގުން ބުނެފައިވެއެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބައިނަލްއަގްވާމީ ބޯޑަރުތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ފާހަގަކުރެވިވާކަމަށާއި އެގޮތުން ކުންފުނީގެ ސާފު ފައިދާ 49% އިން ދަށްވެފައިވާއިރު އާމްދަނީން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓަރާ އަޅާބަލާއިރު 50% ދަށްވެފައިވާކަމަށް ދިރާގުން ބުނެފައިވެއެވެ.

"ކުންފުނީގެ ޑިރެކްޓަރުގް ބޯޑުން މަސައްކަތްކުރައްވަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަގްބަލްގެ އިންވެސްޓްމަންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް، މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށެވެ." ދިރާގުން ބުނެފައިވެއެވެ.

މިގޮތުން މި ހުރިހާ ކަމަކށް ރިއާޔަތްކުރުމަށްފަހު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑް ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމްލަ 157،320،000 (ސަތޭކަ ފަންސާސް އަތް މިލިއަން ތިންސަތޭކަ ވިހި ހާސް) ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮ ތުގައި ބަހަން ވަނީ ނިންމާފައި ކަމަށާއި އަދި 11 އޯގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށް ވަނީ ނިންމާފައި ކަމުގައިވެސް ދިރާގުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް