އަޟްޙާ ޢީދަށް މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި ޑިޖިޓަލް ކާނިވަލެއް 24 ޖުލައި 2020 (މިއަދުން ފެށިގެން) އިން 3 އޯގަސްޓް 2020 އަށް މޫލީ ޕްލެޓްފޯރމްގައި ކުރިއަށްދާނެކަމުގައި އުރީދޫއިން ބުނެ...

24 Jul 2020 | 14:01

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި ޑިޖިޓަލް ކާނިވަލެއް 24 ޖުލައި 2020 (މިއަދުން ފެށިގެން) އިން 3 އޯގަސްޓް 2020 އަށް މޫލީ ޕްލެޓްފޯރމްގައި ކުރިއަށްދާނެކަމުގައި އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީ އިން މި ތަޢާރަފް ކުރާ ޑިޖިޓަލް ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސްގެ ގޮތުގައި ލިބިގެންދާނެއެވެ.

މޫލީ ކާނިވަލް އަށް ޚާއްޞަ ސެކްޝަން އެއް އީ ކޮމާރސް ޕްލެޓްފޯމް ގައި ހުޅުވި، އުރީދޫ ކަސްޓަމަރުންނަށް އުފާވެރި ކަމާއެކު އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރ ކޮށްދެވޭނެއެވެ. ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ ގެ މޫލީ ކާނިވަލްއިން ލިބިވަޑައިގަންނަވާނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

01. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app

02. މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ

03. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ

04. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ

05. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.  ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ތަކެތި، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާރސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާރފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ. މި ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު ޢީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްޞާ ކޮށްލެވޭނެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް