ޑިޒްނީ އިން އަލަށް ނެރެން ތައްޔާރުކޮށްފައިވާ، އެވެޓާ އަދި ސްޓާ ވާރސް ނެރުން އަހަރެއްވަރު ފަސްކޮށް، މުލާން ނެރޭ ތާރީހް ޝެޑިއުލުންވެސް ނަގައިފިއެވެ.
މުލާން އަކީ މި އަންނަ އޯގަސްޓްމަހު ޑިސްނީއިން ނެރެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ނަމަވެސް ފިލްމު އަޅުވާ ސިނަމާތަކާއި ތިއޭޓަރުތައް ބަންދު ކުރުމުގެ ސަބަބުން މި ފިލްމު އެޅުވުން މިވަނީ ތާވަލް ކުރި ތާރީހަށް ވުރެ ލަސްކުރަން ޖެހިފައެވެ. ފިލްމުތައް އަޅުވާ ތާރީހްތަކަށް ބަދަލު އަންނަން ފަށާފައި މިވަނީ އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ފިލްމު އިންޑަސްޓްރީއަށްވެސް އޭގެ އަސަރު ކޮށްފައިވާތީއެވެ.
"މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ފިލްމު ރިލީޒް ކުރާ ތާރީހުތަކަކީ އެއްވެސް ވަރަކަށް ޔަގީން ކުރެވޭނެ ކަމެއް ނޫން. ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ބެލުންތެރިންނާއި ހަމައަށް މުލާން ގެންނާނެ ގޮތްތަކާމެދު މިހާރު ދަނީ މަޝްވަރާ ކުރެވެމުން". ޑިޒްނީގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ބުނެފައިވެއެވެ.
މިހާރު އެންމެންގެ އުންމީދަކީވެސް ހޫނު މޫސުމަށްފަހު ސިނަމާތަކަށް މުލާން އައުމެވެ. އަދި އެވެޓާ ގެ ސީކުއެލް 2022 ވަނަ އަހަރުގެ ޑިސެމްބަރުގެ ކުރިން ތިއޭޓަރުތަކުން ބަލާލަން ލިބުމެވެ. ސްޓާ ވާރސް ގެ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް