މެންދުރުން އަނބުރަންދެން މޫސުން ވަރަށް ގޯސް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިއުލާނުކޮށްފައިވާ ރީނދޫ ސަމާލުގެ ވަގުތު މެންދުރުން އަނބުރަންދެން ދަންމާލައިފިއެވެ. އެގޮތުން މެޓް އޮފީހުން ބުނެފައ...

24 Jul 2020 | 06:34

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިއުލާނުކޮށްފައިވާ ރީނދޫ ސަމާލުގެ ވަގުތު މެންދުރުން އަނބުރަންދެން ދަންމާލައިފިއެވެ.

އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުން އަނބުރާ 13:30 އާއި ދެމެދުގެ ވަގުތުތަކުގައި ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު މިއަދު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް