މާލެ ސިޓީ ސްކޫލުތަކުގައި ހަތެއް އަށެއްގެ ކިޔެވުން އަންނަ މަހު 16ގައި ފެށޭނެ: އެޑިއުކޭޝަން މިނިސްޓްރީ

މާލޭ ސިޓީގެ ސްކޫލުތަކުގައި ކީ ސްޓޭޖް ތިނެއް (ގްރޭޑް ހަތެއް އަދި ގްރޭޑް އަށެއް)ގެ ކިޔެވުން އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ފެށޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެ...

24 Jul 2020 | 06:26

މާލޭ ސިޓީގެ ސްކޫލުތަކުގައި ކީ ސްޓޭޖް ތިނެއް (ގްރޭޑް ހަތެއް އަދި ގްރޭޑް އަށެއް)ގެ ކިޔެވުން އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ފެށޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިކަމާއިގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު 2020 ޖުލައި 01ގައި ވަނީ މާލެ ސިޓީގެ ސްކޫލުތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ގްރޭޑް އެކަކުން 12 އަށް ކިޔެވުން ފެށިފައި ކަމަށާއި މާލެ ސިޓީގެ ސްކޫލުތަކުގައި ކިޔަވައިދީފައިވަނީ ގުރޭޑު ނުވަޔަކުން 12 އަށް ކަމަށެވެ.

ބުނެފައިވަނީ ކީ ސްޓޭޖު ތިނެއްގެ ކިޔެވުން މާލެ ސިޓީގެ ސްކޫލުތަކުގައި ފަށަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފަޔާއެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް