ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ބިދޭސީއަކު ނިޔާވެއްޖެއެވެ. މި މީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ކަރކްޝަންސުން ބުނެފައިވާގޮތުގައި އީރާނުގެ ރައްޔިތެއް ކަމަށްވާ ރަހުމަތުﷲ (49 އަހަރު) ނިޔާވެފައިވަނީ ރޭ 11:49 ހާއިރުގައެވެ.
އެމީހާއަކީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށާއި ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށްވެސް ކަރެކްޝަންސުން ބުނެފައިވެއެވެ.
ކަރެކްޝަންސުން އިތުރަށް ބުނެފައިވާގޮތުގައި މި މީހާގެ މަރާއި ގުޅޭ ކަންކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިހާރު ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް