އަންނަ މަހުން ފެށިގެން މެލޭޝިޔާގައި މާސްކު އެޅުން މަޖުބޫރު

އާންމު ތަންތަނަށް ނިކުމެ އުޅޭ އިރު މާސްކު އެޅުން މަޖުބޫރު ކުރަން މެލޭޝިޔާގައި ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ. އެގޮތުން މެލޭޝިޔާގެ ސަރުކާރުން ބުނެފައިވާގޮތ...

24 Jul 2020 | 02:35

އާންމު ތަންތަނަށް ނިކުމެ އުޅޭ އިރު މާސްކު އެޅުން މަޖުބޫރު ކުރަން މެލޭޝިޔާގައި ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ.

އެގޮތުން މެލޭޝިޔާގެ ސަރުކާރުން ބުނެފައިވާގޮތުގައި ޕަބްލިކް ޓްރާންސްޕޮޓޭޝަނާއި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާގައި މާސްކު އެޅުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަޖުބޫރު ވާނެއެވެ.

މި ބަދަލު އެ ގައުމުން ގެންނަން ނިންމާފައިމިވަނީ ކޯވިޑް-19 ގެ ކޭސްތައް އެ ގައުމުގައި އަނެއްކާވެސް އިތުރުވާން ފެށުމުންނެވެ.

މެލޭޝިޔާއިން އިން މި ބަދަލު ގެންނަން ނިންމާފައިވާއިރު މި އެންގުމާ ހިލާފުވާނަމަ ޖޫރިމަނާ ކުރުމަށްވެސް ނިންމާފައިވެއެވެ. އެގޮތުން މި އެންގުމާ ހިލާފުވާނަމަ އެއް ހާސް ރިންގިޓުން (ގާތްގަނޑަކަށް 235 ޑޮލަރު) ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެ ގައުމުގައި މިހާތަނަށް 8840 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު 123 މީހަކު މި ވައިރަހުގައި މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް