55 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުގަދަވެ ރާޅު އަރާފާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑު ގަދަވެ ބައެއް ރަށް ރަށަށް ރާޅު އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ...

24 Jul 2020 | 02:21

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑު ގަދަވެ ބައެއް ރަށް ރަށަށް ރާޅު އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު 07:30 އާއި ހެނދުނު 10:30 އާއި ދެމެދުގެ ވަގުތުތަކަށް އަމާޒުކޮށެވެ.

މި ސަމާލުގައި ބުނެފައިވާގޮތުގައި ބޯކޮށް ވާރޭވެހުން، ގަނޑިއަކު 23 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އަދި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅު އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ.

މި ސަމާލު ނެރެފައިވާއިރު މިއަދު މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް