ކޯވިޑަށް 22 ޕޮސިޓިވްވެ، 10 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑަށް-19 އަށް އިތުރު 22 މީހަކު ޕޮސިޓިވްވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެއްސަކާއި 14 ބިދޭސީ އެކެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވ...

24 Jun 2020 | 17:24

ކޯވިޑަށް-19 އަށް އިތުރު 22 މީހަކު ޕޮސިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެއްސަކާއި 14 ބިދޭސީ އެކެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާ މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 10 މީހެކެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 408 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ނުވަ މީހަކަށެވެ.

ރާއްޖެއިން އެންމެ ގިނައިން ވައިރަހަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ.

މި ބަލީގައި ހާޅު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،260 މީހުންނެވެ. އޭގެ ތެރެއިން 1،839 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް