ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރި މީހާ ފުލުހުންގެ ބަންދަށް ބަދަލުކޮށް ދައުވާކޮށްފި

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލައިގަ ތުހުމަތުކޮށް ހައްުޔަރުކޮށްފ...

24 Jun 2020 | 13:43

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގަ ތުހުމަތުކޮށް ހައްުޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ކޮށްފައިވަނީ 65 އަހަރުގެ އަންހެނަކަށާއި 66 އަހަރުގެ ދެ އަންހެނަކަށެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމީހާ ހައްޔަރު ކުރުމަށް ފަހު 15 ދުވަހުގެ މުއްދަތު ހަމަވުމުން މިމަހުގެ 16 ވަނަ ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ގޭބަންދަށް ބަދަލުކޮށްފައި ވާކަމަށެވެ.

އެކަމަކު ފަހުންއެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައި އެވެ.

މި މައްސަލައިގަ ޖިންސީ ގޯނާކުރުމުގެ މައްސަލަ ފުރަތަމަ އެމީހާ އާއި ދެކޮޅަށް ހުށަހެޅީ އޭގެ ތެރެއިން އުމުރުން ދުވަސްވީ އެކެއްގެ ފަރާތުންނެވެ. އަނެއް ދެމީހުންނަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގުނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް