ނަވާނަވައިގެ މުޒާހަރާ ރޫޅާލީ ރަނގަޅަކަށް ނޫން!

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީސް ކައިރީގައި މުޒަހަރާ ކުރި ވައަތުފިޔައިގެ ސިޔާސީ ހަރާކްތެއްކަމަށްވާ ނަވާނަވައިގެ މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އ...

24 Jun 2020 | 07:15

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީސް ކައިރީގައި މުޒަހަރާ ކުރި ވައަތުފިޔައިގެ ސިޔާސީ ހަރާކްތެއްކަމަށްވާ ނަވާނަވައިގެ މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުޒާހަރާތައް ރޫޅާލުމުގައި އަމަލު ކުރަމުންދާ ގޮތް ރަނގަޅުވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ އެ މުޒާހަރާގެ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށާއި މިހާރު ވެސް މުޒާހަރާތަކާއި ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެމުޒާހަރާ ކުރި ފަރާތްތަކަށް ފުރުސަތު ނުދިނުމުން އެ ދުވަހު މަޖިލީހުގެ މެންބަރުންވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. މެންބަރުން ވިދާޅުވީ އެޗްޕީއޭގެ ގަވައިދުތަކާއި އެއްގޮތަށް މަޖިލީސް ކައިރީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

ފުލުހުން ބުނީ އެ މުޒާހަރާ ރޫޅާލީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް މަގުމައްޗަށް ނުކުމެ އެއްވުންތައް ނުބޭއްވޭނެ ކަމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާފައިވާތީ ކަމަށެވެ.

ނަވާވަނައިން މުޒާހަރާ ކުރީ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް އައިސްފައިވާ ހީނަރުކަމާއި ވަޒީފާ ގެއްލުމާއި ދަތިހާލުގައި ޖެހިފައިވާ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް