ފޮނަދޫ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީން ބާރަށް ކުރިއަށް

ލ. ފޮނަދޫ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް 390 ދުވަސް ( ގާތްގަނޑަކަށް 13 މަސް ދުވަސް) ތެރޭގައި ނިންމާލެވޭނެ ކަމަށް މި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބު...

24 Jun 2020 | 05:33

ލ. ފޮނަދޫ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް 390 ދުވަސް ( ގާތްގަނޑަކަށް 13 މަސް ދުވަސް) ތެރޭގައި ނިންމާލެވޭނެ ކަމަށް މި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. މަސސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި މި ޕްރޮޖެކްޓްގައި ފޮނަދޫގެ މަތުގައި 27،848 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ތާރަ އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 3.5 ކިލޯ މީޓަރުގެ މަގު ކަވަރުވެގެންދާނެއެވެ. މި ޕްރޮޖެކްތް މިހާރު ކުރިއަށްދަނީ 56% ޕްރޮގްރެސް ރޭޓުގައިކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މި ޕްރޮޖެކްޓް ތެރޭގައި، އެ މަގުތަކުގެ ސްޕީޑް ބްރޭކަރުތައް ހެދުމާއި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް އެކުލަވާލުމާއި ރޯޑް މާކިންސްތައް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފޮނަދޫ މަގުތަކުގެ ޕްރޮކެޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން، ދެ ކުންފުންޏަކާ ހަވާލުކޮށްގެންވެސް ރަނގަޅަށް ކުރިއަށް ނުގޮސް އޮތް ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް