ރާއްޖެ މޮޑެލް އަކަށް ބަލައިގެން އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތް އަންނަ އޮކްޓޯބަރުގައި ފަށަނީ

ދިވެހިރާއްޖެ މޮޑެލް އަކަށް ބަލައިގެން، އަވަށްޓެރި އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމުގައި އިންޑިއާގެ ޝިޕިންގް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓ...

24 Jun 2020 | 01:17

ދިވެހިރާއްޖެ މޮޑެލް އަކަށް ބަލައިގެން، އަވަށްޓެރި އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމުގައި އިންޑިއާގެ ޝިޕިންގް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ދަތުރުތައް އެންމެ ފުރަތަމަ ފަށާނީ ގުޖުރާތުގެ ދެ ސަރަހައްދެއްކަމަށްވާ ސަބަރްމަތީ ކޯރާއި ސަރްދާރު ސަރޯވަރު ޑޭމް ހިމެނޭ ދެ ސަރަހައްދުގައި ކަމަށެވެ.

މި ދަތުރުތައް ފަށާއިރު ސީ ޕްލޭން އޮޕަރޭޓް ކުރުމުގައި ރާއްޖެއިން ގެންގުޅޭ މޮޑެލް އެޑޮޕްޓް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިންޑިއާގެ ޝިޕިންގް މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާއިން ސީ ޕްލޭންގެ ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅެނީ ކޯރުތަކާއި ޑޭމްސްތައް ހިމެނޭ ސަރަހައްދުތަކުގައެވެ. ސީ ޕްލޭންގެ ދަތުރުތައް ފެށުމުން، އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ޖީބަށް އަދި ހައްޓަށް ލުއި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވެގެންދާނެ ކަމުގައި އެ ގައުމުން ދެކެއެވެ.

ސީ ޕްލޭންގެ ދަތުރުތައް އިންޑިއާގައި ފެށުމުގެ ވާހަކައަކީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެ ގައުމުގައި ދެކެވެން ފެށި ވާހަކައެވެ. މި ވާހަކަ އެންމެ ފުރަތަމަ ފެށި އިރު އޭރު އެ ގައުމުގެ ޝިޕިންގ މިނިސްޓްރީގައި ހުންނެވި މިނިސްޓަރު ވިދާޅުވީ ކުޑަކުޑަ ރާއްޖޭގައި ސަތޭކައާ ގާތްކުރާ އަދަދަކަށް ސީ ޕްލޭން އޮޕަރޭޓްކުރާއިރު ބޮޑު ބިޔަ އިންޑިއާގައި އެންމެ ސީ ޕްލޭނެއްވެސް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް