ލަންކާ އަދި އިންޑިއާއަށް ދިވެހިންނަށް ބޭސްފަރުވާއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާމެދު މަސްވަރާކޮށްފި

ރާއްޖޭގައި ފަރުވާ ނުކުރެވޭ ބަލިތަކަށް، އަދި އިތުރަށް ފަރުވާ ހޯދުމަށް ކޯވިޑް-19ގެ މި ހާލަތުގައި ދިވެހިން އިންޑިއާ އަދި ލަންކާއަށް ގެންދިއުމާމެދު އެ ދެ ގައުމާއި ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ. ދުވ...

24 May 2020 | 14:40

ރާއްޖޭގައި ފަރުވާ ނުކުރެވޭ ބަލިތަކަށް، އަދި އިތުރަށް ފަރުވާ ހޯދުމަށް ކޯވިޑް-19ގެ މި ހާލަތުގައި ދިވެހިން އިންޑިއާ އަދި ލަންކާއަށް ގެންދިއުމާމެދު އެ ދެ ގައުމާއި ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އާސަންދައިގެ ދަށުން އިންޑިއާ އަދި ލަންކާއިން ދިވެހިންނަށް، ކޯވިޑް-19ގެ މި ހާލަތުގައިވެސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ދެ ގައުމާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޯވިޑް-19ގެ މިހާލަތުގައި ލަންކާ އަދި އިންޑިއާގައިވެސް ބޯޑަރު ވަނީ ބަންދުކޮށްފައެވެ. ރާއްޖެއިން މަޝްވަރާ ކުރަމުންދަނީ ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

ރާއްޖެއިން މިފަދަ މަޝްވަރާތަކެއް ކުރަމުން އަންނައިރު ލަންކާގެ ހެލްތު މިނިސްޓަރު މިއަދު ވިދާޅުވެފައިވަނީ ރާއްޖެއިން މިކަމަށް އެދިފައިވާކަމަށާއި އަދި ލަންކާގެ ހެލްތު ސެކްޓަރު "އޯވަރ ކްރައުޑެޑް" ނޫން ކަމަށެވެ. އަވަށްޓެރި އެކުވެރި ގައުމު ތަކުގެ މިފަދަ ރިކުއެސްޓްތަކަށް ލަންކާއިން މަރުހަބާ ކިޔާނެ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް