މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަންއާ ގުޅުންހުރި ބޮޑު ޚިޔާތާނާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހްގީގަށް ވެފައިވާގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއަކަށް ފޮނުވައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.
ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ 1.22 ބިލިޔަން ރުފިޔާގެ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލަން އުފައްދާފައިވާ ދެ ކޮމިޝަނުން މިހާތަނަށް އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައިނުވާއިރު އެ މައުލޫމާތުތައް ސާފުކުރުމަށާއި އެ މައްސަލަތަކުގައި ދައުވާކުރުން ލަސްވަމުންދާ ސަބަބުތައް ސާފުކުރުމަށެވެ.
މި މައްސަލަތައް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީޙުގެ ޖުޑީޝަރީ ކޮމިޓީއަށާއި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށެވެ. މިއަދު މަޖިލީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވައިފި ކަމަށެވެ.
މި މައްސަލަތައް މަޖިލީހަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ސޯޝަލް މީޑިއާ ގްރޫޕެއްގައި ހިއްސާ ކުރެއްވި ނޯޓެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭކަމަށެވެ.
މިއާއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައިގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް