ރާއްޖެއިން ދިޔަ އިތުރު މީހަކު ކެރަލާގައި ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ރައްޔިތުންނެއް، ކޯވިޑް-19 ގެ މި ހާލަތުގައި އެ ގައުމަށް އަނބުރާ ގެންގޮސްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ދިޔަ އިތުރު މީހަކު ކެރެލާފައި ޕޮޒިޓިވް ވެއްޖެއެވެ. ޓައިމްސް ...

24 May 2020 | 11:32

ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ރައްޔިތުންނެއް، ކޯވިޑް-19 ގެ މި ހާލަތުގައި އެ ގައުމަށް އަނބުރާ ގެންގޮސްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ދިޔަ އިތުރު މީހަކު ކެރެލާފައި ޕޮޒިޓިވް ވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގެ ދަށުން ހިންގަމުން އަންނަ މުމްބައި މިރާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ އެކަނި ކެރަލާގައި 62 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިއީ ކެރަލާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްކަން ފާހަގަކޮށް ބުނެފައިވަނީ އޭގެތެރެއިން 18 މީހަކީ އެހެން ގައުމުތަކުން ދިޔަ މީހުން ކަމަށެވެ.

އެ 18 މީހުންގެ ތެރޭގައި ހިމެނެނީ ޔޫއޭއީއިން ދިޔަ ނުވަ މީހަކާއި، ސައޫދީ އަރަބިއްޔާއިން ދިޔަ ތިން މީހަކާއި ކުވޭތުން ދިޔަ ދެމީހަކާއި ރާއްޖެ، ސިންގަޕޫރު، މުސްކަޓް އަދި ގަތަރުންކުރެ ކޮންމެ ގައުމަކުން ދިޔަ އެކަކެވެ.

މިއާއެކު އިންޑިއާގެ ނޫސްތަކުން ތަފާސްހިސާބެއް ނަގާނަމަ ރާއްޖެއިން އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

ނަމަވެސް ކޯވިޑް-19ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ފާހަގަކުރެއްވިގޮތުގައި، ރަސްމީ ސިފައެއްގައި އެނގިފައިވަނީ ތިން މީހެކެވެ. އެ ތިން މީހުންނަކީ އެއް ކުންފުންޏަކަށް ނިސްބަތްވާ، ރާއްޖޭގައި މަސައްކަތްކުރި ތިން މީހެއްކަން މަބްރޫކް ވިދާޅުވިއެވެ. އަދި ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ތިން މީހުންނާއި ގުޅޭ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމިފައިވާކަމަށާއި ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވް ވެފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް