ކޯވިޑް-19: ރަނގަޅުވި މީހުންގެ އަދަދު 128 އަށް

ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު އެކަކު ރަނގަޅުވެ، މި ބަލިން ރަނގަޅުވި ޖުމްލަ އަދަދު 128 އަށް އަރައިފިއެވެ. މި އަދަދު 127 އަށް އަރާފައިވާކަން ހާމަކުރީ ރޭގައެވެ. ރޭގައި ނޭޝަނަލް...

24 May 2020 | 11:14

ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު އެކަކު ރަނގަޅުވެ، މި ބަލިން ރަނގަޅުވި ޖުމްލަ އަދަދު 128 އަށް އަރައިފިއެވެ.

މި އަދަދު 127 އަށް އަރާފައިވާކަން ހާމަކުރީ ރޭގައެވެ. ރޭގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރީ އިތުރު ފަސް މީހަކު ރަނގަޅުވި ކަމަށާއި އެއީ ފަސް ދިވެހިން ކަމަށެވެ.

އޭގެ އިތުރުން އެކަކު ރަނގަޅުވެއްޖެކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ހާލަތުގެ އެންމެ ފަހުގެ އަޕްޑޭޓްސް ގެނެސްދިނުމަށް ހަދާފައިވާ ޑޭޝްބޯޑުގައެވެ.

އެ ޑޭޝްބޯޑުން ދައްކާގޮތުގައި އެންމެ ފަހުން ރަނގަޅުވެފައިވަނީ ކޭސް ނަމްބަރު 25 އެވެ. އެއީ ޖޭއާރުވައި ކްލަސްޓާއަށް ނިސްބަތްވާ، އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ.

ބަލިން ރަނގަޅުވި އަދަދު 128 އަށް އަރާފައިވާއިރު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި އަދަދު މިހާރުވަނީ 1313 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1179 އެވެ. ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް