ހަތް ރަށަކާއި ރިސޯޓްތައް ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރެވޭނެ: މިނިސްޓްރީ

ކޯވިޑް-19 އިތުރު ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމި ނިންމުމަށް ނިމުމެއް ލުއިތަކެއް ގެނެސް، ހަތް ރަ...

24 May 2020 | 04:03

ކޯވިޑް-19 އިތުރު ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމި ނިންމުމަށް ނިމުމެއް ލުއިތަކެއް ގެނެސް، ހަތް ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލައިފިއެވެ.

އެ ހަތް ރަށަކީ

01 މާލެ ސިޓީ

02 ށ. ނަރުދޫ

03 ނ. މަނަދޫ

04 ކ. ހިންމަފުށި

05 ކ. ތުލުސްދޫ

06 ހއ. ތަކަންދޫ

07 ށ މިލަންދޫ

މިއާއެކު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ރަށްތަކަކީ މިވަގުތު ފުރަބަންދުގައި އަދި މޮނީޓަރިން ހާލަތުގައި ހުރި ރަށްރަށް ކަމަށެވެ. އެހެން ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ އިތުރު ބައެއް ފިޔަވަޅުތަކަށްވެސް ލުއިތައް ދިނުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށްވެސް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ބުނެފައިވެއެވެ. އަދި އެ ލުއިތައް ދޭނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް