ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައި މެނުވީ ސްކޫލްތައް ނުހުޅުވާނެ: މިނިސްޓަރު

ކޯވިޑް-19 ގެ މި ހާލަތުގައި ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށްފަހުގައި މެނުވީ ސްކޫލްތައް ނުހުޅުވާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ....

24 May 2020 | 03:48

ކޯވިޑް-19 ގެ މި ހާލަތުގައި ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށްފަހުގައި މެނުވީ ސްކޫލްތައް ނުހުޅުވާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖެ ޓީވީން ކުރިއަށްގެންދާ ހާއްސަ ކަވަރޭޖަށް ރޭގައި ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ ސިއްހަތު ކަމަށާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް "އަންޑަސްޓޭންޑް" ވާކަމަށެވެ.

"ދަރިވަރުންނަށް ސްކޫލްތަކަކީ ސޭފް ތަނަކަށް ނުވާހާ ހިނދަކު އަޅުގަނޑުމެން ސްކޫލްތަކެއް ނުއެއް ހުޅުވާނެ، ކަށަވަރު ކުރާނަން ސޭފްކަން، އަދި ބަލިމަޑުކަން ކޮމިއުނިޓީތެރޭގަ ނުފެތުރޭކަން ކަށަވަރުކުރާނެ ސްކޫލުތައް ހުޅުވުމުގެ ކުރިން" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވަންވާއިރަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލުތަކުގައި ދަރިވަރުންނަށް އަތް ދޮވެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއި، ދަރިވަރުންގެ ޓެމްޕެރޭޗަ ޗެކް ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ސްކޫލްތަކުގައި ދަރިވަރުން އަތްލާ އުޅޭ ސާފޭސްތައް ޑިސް އިންފެކްޓް ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ތައްޔާރުވަމުން އަންނަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސްކޫލްތައް ހުޅުވޭނެ ދުވަހެއް އެނގިގެންދާނީ ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކުގައިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް