ރާއްޖޭގެ ދެކުނުގެ ހަތް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން މި ސަމާލު ނެރެފައިވަނީ ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށެވެ.
މި ސަމާލުގައި ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
https://twitter.com/MetMaldives/status/1264352300354678784
މި ސަމާލު ނެރެފައިވަނީ ފަތިހު 05:45 އިން ހެނދުނު 11:45 އާއި ދެމެދުގެ ވަގުތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް