ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ހޯދަމުންދާ ބިދޭސީއެއް އަދިވެސް ނުފެންނަ އިރު އެމިހާ މުޖުތުމައުއަށް ދޫވެފައި ހުރުމަކީ މާބޮޑު ހާސްކަމެއް އޮތް ކަމެއް ނޫންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ މީހާ އާއި އެކު ޖުމްލަ ތިން މީހަކު ރެންޑަމް ސާމްޕަލިންގެ ތެރެއިން ޕޮސިޓީވްވި އެވެ. އެކަމަކު އޭގެ ތެރެއިން ފުުލުހުން މެދުވެރިކޮށް ހޯދިފައިވަނީ ހަ މީހެކެވެ،
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ޕޮސިޓިވް އެންމެ މީހަކު މާލެ ތެރެއަށް ދޫވެގެން އުޅުމަކީ މިހާރުގެ ހާލަތަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށެވެ، އޭނާ ވިދާޅުވީ މިހާރު މާލެއަކީ ކޯވިޑް-19 ގައިންގަޔަށް އަރަމުންދާ ތަނަކަށް ވާތީ ފިލައިގެން އުޅޭ އެންމެ މީހެއްގެ ސަބަބުން ހާސްކަން އިތުރު ނުވާނެ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ އެކަމަކު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
ކޯވިޑް ޖެހިފައިވާ ބަޔަކު ފިލުމާއި ގުޅިގެން އެމީހުން ހޯދަން އެޗްޕީއޭއިން ފުލުހުންނަށް އެންގުމާއި އެކު އޭގެ ތެރެއިން ހަތަރު މީހަކު ހޯދި އެވެ. އަނެއް ދެމީހުން ހޯދީ ދެ ދުވަހެއްގެ މަތިންނެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ފިލައިިގެން އުޅޭ މި މީހާގެ މައުލޫމާތު ވަރަށް އަވަހަށް އާންކޮށް އެމީހާ ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް އެދޭނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން މިހާރު ދެ ހަފްތާ ވެފައިވާން ކައިރިވެފައިވާއިރު މިހާތަނަށް އެމީހާއި ގުޅޭ މައުލޫމާތު އާންމެއް ނުކުރެ އެވެ.
އެމީހުން ގެއްލިގެން އުޅޭކަން ހާމަ ކުރީ މިމަހުގެ14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް