އަތޮޅު ތެރެއިން 135 ކޯވިޑް ކޭސްއާ އެކު މިއަދު ޖުމްލަ 218 ގައި

ކޯވިޑް-19 އަށް އިތުރު 218 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 76 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 135 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސިޓި...

24 Apr 2021 | 17:15

ކޯވިޑް-19 އަށް އިތުރު 218 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 76 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 135 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،375 ސާމްޕަލެވެ.

މިވަގުތު 3،307 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 101 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 118 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،234 އަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 71 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 27،621 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް