ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށާފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤު ސޮއި ކުރ...

24 Apr 2021 | 14:36

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށާފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤު ސޮއި ކުރައްވާ އެމްޓީސީސީގެ ފަރާތުން، މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް ސޮއިކުރެއްވި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރީ 2020 ޑިސެމްބަރ 28 ވަނަ ދުވަހުއެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް 16.94 މިލިއަން ރުފިޔާ ޚަރަދުވާ އިރު، މި ޕްރޮޖެކްޓް 350 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުން ހިމެނެއެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގރ މަޝްރޫޢުގެ ތެރޭގައި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ހަމަޖެހިފައިވެއެވެ.

https://twitter.com/MTCCPlc/status/1385963322080567299

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް