ލ. މާންދޫން އިތުރު 5 މީހަކު ކޯވިޑް-19ށް ފައްސިވެއްޖެ އެވެ.
ފައްސިވެފައި ވަނީ ޗުއްޓީ ނިންމާފަ މާންދުއަށް ގޮސް ކަރަންޓީނުގައި ތިބި ފަސް މީހުނެވެ.
މިކަން ހާމަކުރީ ގަމު ކައުންސިލުން ބޭއްވި މައުލޫމާތު ދިނުމުގެ ލައިވް ސެޝަނެއްގައެވެ.
އެންމެ ފުރަތަމަ މާންދޫން މީހަކު ޕޮޒިޓިވް ވިތާ އެއް ދުވަސްގެ ތެރޭގައި ގަމުން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ގަމާއި ފޮނަދުއަށް އަރާފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ.
ގަމުން ތިން މީހަކު ޕޮޒިޓިވް ވުމާއެކު، މާންދޫ ކްލަސްޓާއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 11 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް