ރާއްޖޭގައި އަނެެއްކާވެސް ކޯވިޑް-19ގެ ވޭދަނަތައް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ އާއި ބަލި ފެތުރުން މަތަކުރުމަށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކަމާއި ބެހޭ ފަރާތްކަށް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ބޮޑުވެ، ބައްޔަށް ފައްސި މީހުންގެ އަދަދު ދަނީ އުފުލެމުންނެވެ. އޮތުން އިއްޔެއަކީ ރާއްޖެއިން މިހާތަނަށް ރެކޯޑް އަދަދަކަށް މީހުން ފައްސިވި ދުވަހެކެވެ. އިއްޔެ އެކަނިވެސް 300 އަށްވުރެ މީހުން ފައްސި ވެފައިވެއެވެ.
އެހެންކަމުނ ނުރައްކާ ބޮޑުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، އިތުރު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް ވަނީ ރޯދައިގެ ކުރިން ދޫކޮށްލާފައެވެ. މާލެ އެކޭ އެއްގޮތަށް މިހާރު އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ކޯވިޑުގެ ނުރައްކާތެރިކަން އިންތިހާއަށް އުފުލި އެރަށްތަކުގައި ވަނީ ބިރުވެރިކަން އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް