ހުޅުމާލޭ ކާޑު ގުދަނުން ކާޑުތަކެއް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ

އެސްޓީއޯ ހުޅުމާލެ ކާޑު ގުދަނުން ކާޑު ބަސްތާކަތެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި އެސްޓީއޯގެ ތިން މުވައްޒަފަކު ޒަހަމްވެ ފަރުވާ ދޭން ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކޮމިއުނިކޭޝަ...

24 Apr 2021 | 09:44

އެސްޓީއޯ ހުޅުމާލެ ކާޑު ގުދަނުން ކާޑު ބަސްތާކަތެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި އެސްޓީއޯގެ ތިން މުވައްޒަފަކު ޒަހަމްވެ ފަރުވާ ދޭން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަހްމަދު އަބްދުﷲ (އަބޯ) ވިދާޅުވީ ކާޑު ބަސްތާތަކެއް ފުރޮޅާލައި ހިނގި މި ހާދިސާގައި ޒަހަމްވި ތިން މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށް އަބޯ ވިދާޅުވިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭގެން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެއެވެ. ނަމަވެސް ތިން މީހުންނަށް ލިބުނު ޒަހަމްގެ ތަފްސީލު އަދި އެނގިފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް