އިސްރާއިލްގެ ހަމަލާތައް އަނެއްކާ ވެސް ގާޒާއަށް؛ މުޅި ރަށް ބިރުވެރިކަމެއްގައި!

ގާޒާ އާއި އިޒްރޭލާ ދެމެދުގައި އަނެއްކާވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ބައިންލްއަގުވާމީ ރިިޕޯޓުްތައް ބުނެފި އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އިސްރާއިލުން ވަނީ ގާޒާއަށް ގިނައަދަދެއްގެ ރޮކެޓް...

24 Apr 2021 | 09:35

ގާޒާ އާއި އިޒްރޭލާ ދެމެދުގައި އަނެއްކާވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ބައިންލްއަގުވާމީ ރިިޕޯޓުްތައް ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އިސްރާއިލުން ވަނީ ގާޒާއަށް ގިނައަދަދެއްގެ ރޮކެޓް އަދި ބޮމުގެ ހަމަލާއެއް ދީފައެވެ. ރޮކެޓުގެ ހަމަލާތައް ހޫނުވެ، ހިނގި ހަމަނުޖެހުން ތަކުގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ގިނަ އިރު، އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

އިއްޔެ މަޣްރިބު ނަމާދަށްފަހު ޤުދުސްގެ އަލްބަލްދަތުލް ޤަދީމާގެ ދޮރާއްޓެއްކަމަށްވާ ބާބުލް ޢާމޫދު ދޮށަށް ފަލަސްޠީނުގެ މުސްލިމުން އާންމުކޮށް އެއްވެއެވެ. ނަމަވެސް އެ އެއްވުންތަކަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ ހުރަސްއަޅަން ފަށައިފައެވެ. އިސްރާއީލުގެ ސިފައިންނާ ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ނުހިނގާތާ ދުވަސްތަކެއް ވޭތުވެފައިވީ ނަމަވެސް ބާބުލް ޢާމޫދު ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ނުތަނަވަސްކަންވަނީ އިތުރުވެފައެވެ. ބާބުލް ޢާމޫދު ދޮށަށް އެއްވާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިންވަނީ ސްޓަން ގުރެނޭޑު ބޭނުންކޮށް ޖަނަވާރުންގެ ނުބައި ވަސްދުވާ ފެން ޖަހައިފައެވެ. އިސްރާއީލުންވަނީ އެ ސަރަޙައްދުގައި ދަގަނޑު ހުރަސްތަކެއްވެސް ޖަހައިފައެވެ.

މަސްޖިދުލް އަޤްޞާގައި ރަމަޟާން މަހު އަޅުކަންކުރަން ބޭނުންވާ މުސްލިމުންނަށްވެސް އިސްރާއީލުން ހުރަސްތައް ކުރިމަތިކޮށް ދުއްތުރާކުރެއެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިން ދަތުރުކުރާ މީހުންނަށް ޤުދުޞަށް އެތެރެވުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. އިސްރާއީލުންވަނީ ކޯވިޑް-19 ވެކްސިން ޖަހާފައިނުވާ މީހުން ޤުދުޞަށް އެތެރެ ނުވެވޭނެކަމަށްވެސް ނިންމައިފައެވެ.

އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ އެންމެ މައިގަނޑު އެއް ދެބަސްވުމަކީ ޤުދުސްގެ މައްސަލައެވެ. 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ޤާއިމުކުރުމަށް ފަލަސްޠީނުން ބޭނުންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް