ކ. ދިއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތް އިންޑިއާ މީހަކު ފެނިއްޖެއެވެ.
ދުވަހަށް މައުލުމާތު ލިބިފައިވާގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު ވަނީ ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
މިއީ ކަރަންޓީނުވާން ރާއްޖެ އައިސް ހުރި އިންޑިއާ ރައްޔިތެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ މިފަދަ ކަމެއް ހިނގައިގެން އެބަ އުޅޭ ކަމަށާއި، އިތުރު މައުލޫމާތު ލިބޭވަރަކުން ހިއްސާ ކޮށްދެއްވާނެ ކަމަށެވެ.
ރަށު ކައުންސިލް ރައީސް އިބްރާހިމް އަޒީމް ވިދާޅުވީ އޭނާއަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. މައުލޫމާތު ދެއްވާނީ ފުލުހުން ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް