ޤައުމީ ކުތުބުޚާނާއާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މާދަމާ ފަށަނީ

ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މާދަމާއިން ފެށިގެން ޤައުމީ ކުތުބުޚާނާގެ ޢިމާރާތުން ދޭން ފެށުމަށް ހަމަޖައްސައިފިއެވެ. މި ޚިދ...

24 Apr 2021 | 08:47

ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މާދަމާއިން ފެށިގެން ޤައުމީ ކުތުބުޚާނާގެ ޢިމާރާތުން ދޭން ފެށުމަށް ހަމަޖައްސައިފިއެވެ.

މި ޚިދުމަތް  ގެންދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން 12:00 އަށް ކަމުގައި ޤައުމީ ކުތުބުޚާނާއިން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައުމީ ކުތުބުހާނާ އިން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ކުތުބުހާނާ ގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ ކޮރޯނާއިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް: 3007200

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް