ރަށު ލޯބިން: ރ. ވާދުއަށް ޒިދާންގެ ލޯބި ހާމަކޮށްދިން ލަވަ އަލްބަމެއް!

"ރަށު ލޯބިން"ގެ ނަމުގައި ރ. ވާދޫ އަށް ހާއްސަ ލަވަ އަލްބަމެއް ރިލީޒްކޮށްފިއެވެ. ޖުމުލަ 5 ލަވަ ހިމެނޭ މި އަލްބަމަކީ އެ ރަށަށް ނިސްބަތްވާ ނޫސްވެރިޔާ އަދި ޅެންވެރިޔާ ޒިދާން މުޙައްމަދުގެ އިސްނެގުމުގެ މަތިނ...

24 Apr 2021 | 07:58

"ރަށު ލޯބިން"ގެ ނަމުގައި ރ. ވާދޫ އަށް ހާއްސަ ލަވަ އަލްބަމެއް ރިލީޒްކޮށްފިއެވެ.

ޖުމުލަ 5 ލަވަ ހިމެނޭ މި އަލްބަމަކީ އެ ރަށަށް ނިސްބަތްވާ ނޫސްވެރިޔާ އަދި ޅެންވެރިޔާ ޒިދާން މުޙައްމަދުގެ އިސްނެގުމުގެ މަތިން ނެރެފައިވާ އޭނާގެ ހާއްސަ އަލްބަމެކެވެ.

ރ. ވާދޫގެ ގުދުރަތީ ރީތިކަން އަދި ރަށުގެ ތަހުޒީބާއި ތަރައްގީ އާއި އިޖުތިމާއީ ފޭރާން ވަރަށް ރީތިކޮށް ސިފަކޮށްދޭ 3 ލަވަޔަކާއި ޢީދަށް ހާއްސަ ލަވައެއްގެ އިތުރުން، ރ، ވާދޫ ސްކޫލަށް ހާއްސަކޮށް ހަދާފައިވާ ހިތްގައިމު ލަވައެއް މި އަލްބަމްގައި ހިމަނާފައިވެއެވެ.

https://soundcloud.com/zidhaan-mohamed/vaadhooge-nalakan-vaadhoo

މި އަލްބަމްގައި ހިމެނޭ 4 ލަވައެއް ކިޔާފައި ވަނީ ލ. ގަމަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ހަސަން މައުމޫން އެވެ. އެ ލަވަތައް ރެކޯޑްކޮށްފައި ވަނީ މިރޯ ސްޓޫޑިއޯއިންނެވެ. އަދި "ވާދޫގެ ނަލަކަން" މި ނަމުގައި ހިނަނާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ ޝާފިއު (ޝާ) ކިޔާފައި ވާއިރު، އެ ލަވަ ރެކޯޑްކޮށް މިއުޒިކު ހަދާފައި ވަނީ ވެސް އޭނާއެވެ.

"ވާދޫގެ ނަލަކަން" މި ލަވައިގެ އިތުރުން "ނަލަނަލަ ވާދޫ"، "ނަމޫނާ ވާދޫ ސްކޫލް"، "އަންނާށެ ބަލަން ވާދުއަށް" އަދި "ވާދުއަށް ދިރުން (ޢީދު ލަވަ)" މި އަލްބަމްގައި ހިނެއެވެ. މި ލަވަތައް މިހާރު ވަނީ ސައުންޑް ކުލައުޑަށް ދޫކޮށްލާފައެވެ.

ދުވަސް ނޫހަށް މަޢުލޫމާތު ދެމުން ޒިދާން ބުނީ އޭނާ ޅެން ހަދާފައިވާ މި ލަވަތަކުގައި އެ ވަނީ ހަގީގަތުގައި ވެސް އޭނާގެ ހިތުގައި ވާދުއަށް ދެވިފައިވާ ލޯތްބާއި ހިތުގެ ޝުޢޫރުތަށް ކަމަށެވެ، އަދި މި ލަވަތަކުގެ ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމާއެކު ފެށޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މި އަލްބަމްގައި ހިމަނާފައިވާ ގިނަ ލަވަތަކުގެ ބޭނުމަކީ ވާދޫ އިޝްޓިހާރުކޮށް ޕްރޮމޯޓްކުރުން ކަމުގައި އޭނާ ބުނެއެވެ.

https://twitter.com/vaadhootours/status/1366134815817408521

ޒިދާން ދަނީ ވާދޫގެ ޒުވާނުންތަކަކާއި ގުޅިގެން "ވާދޫ ޓުއާރސް"ގެ ނަމުގައި އެ ރަށް އިޝްތިހާރުކުރުމަށް މީސްމީޑިޔާގައި ވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ

ޒިދާންާ ބުނީ މިއީ އޭނާގެ ފަރާތުން ވާދޫގެ ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް