އޭދަފުށިން އިތުރު ބަޔަކު ފައްސިވެ، ޖުމުލަ 48ށް އަރައިފިއެވެ.
އެގޮތުން އިއްޔެގެ22:00 އާ ހަމަޔަށް އޭދަފުށިން އިތުރު11 މީހުން ފައްސވުމުގެ ސަބަބުން ޖުމުލަ ފައްސިވި އަދަދު މިވަނީ48 ގައެވެ. އެންމެފަހުން ފައްސިވީ ރޯގާގެ ޢަލާމާތްތަކެއް ހުރެގެން ބ.އަތޮޅު ހޮސްޕިޓަލުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެރަށުން މީގެކުރިން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓް ވިކަމަށް ބެލޭވޭ ބައެކެވެ.
އެރަށުން މިހާތަނަށް 469 ސުންކު ނަގައި އޭގެތެރެއިން 421 މީހުން ނައްސިވެފައި ވެއެވެ. ބަލިޖެހުނު އުމުރުން ދުވަސްވީ އަންހެނަކަށް ރީޖަނަލް ފެސިލިޓީގައި ފަރުވާދެމުން ދެއެވެ.
މި މަހުގެ 19 ވަނަ ދުވަހު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މި ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް