ހިންމަފުށިން ކޮވިޑް 19 އަށް ފައްސިވި އަދަދު ޖުމުލަ 14 އަށް އަރައިފިއެވެ.
އިއްޔެ އެރަށުން ފައްސިވި 6 މީހުންްނާއެކު، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 14 އަށް އަރާފައިވާއިރު، އެރަށުން ކޮވިޑްގެ ވޭދަނައެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މި މަހުގެ19 ވަނަ ދުވަހުއެވެ.
އެގޮތުން މި މަހުގެ19 ވަނަ ދުވަހު އެރަށުން އެކަކު ފައްސިވި ފަހުން، މި މަހުގެ 21 ވަނަ ދުވަހު ފަސް މީހުން، އަދި 22 ވަނަ ދުވަހު ދެމީހުން ފައްސިވެފައިވެއެވެ.
މި މަހުގެ 19 ވަނަ ދުވަހު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
ހިންމަފުށީގައި ކޮވިޑް ދިފާޢު ވެކްސިންވެސް ދެމުން އަންނައިރު، މިހާތަނަށް1286 މީހުން ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ 106 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް