މަތިވެރީގެ ކޮވިޑް އަދަދު ވަރަށް މަތީގައި

މަތިވެރިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 80 އަށްވުރެ މައްޗަށް އަރައިފިއެވެ. އެގޮތުން އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު މިވަގުތު 86 މީހުން މަތިވެރީގައި ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެެ ތެރޭގައި އި...

24 Apr 2021 | 06:49

މަތިވެރިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 80 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެގޮތުން އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު މިވަގުތު 86 މީހުން މަތިވެރީގައި ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެެ ތެރޭގައި އިއްޔެ ފައްސިވި67 މީހުން ހިމެނެއެވެ.

މަތިވެރީ ހެލްތް ސެންޓަރުން ބުނެފައިވާ ގޮތުގައި، މި މަހުގެ 22 ވަނަ ދުވަހު ނެގި 150 ސާމްޕަލް ތެރެއިން މިހާތަނަށް ލިބިފައިވަނީ 138 ފަރާތެއްގެ ނަތީޖާއެވެ.  އޭގެ ތެރެއިން 67 ފަރާތެއްވަނީ ކޮވިޑް 19 އަށް ފައްސި ވެފައެވެ. އެހެންކަމުން މިހާތަނަށް މަތިވެރިން ކޮވިޑް 19 އަށް ފައްސިވީ ޖުމްލަ އަދަދަކީ 86 އެކެވެ. އަދި ނަތީޖާ ނުލިބޭ 12 ސާމްޕަލް ވާނެކަމަށް އެ ސެންޓަރުން ބުނެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އިލްޔާސް އިބްރާހީމް ވިދާޅުވީ، އެރަށުގެ އެކި ގޭގެެއިން މީހުން ފައްސިވުމާ ގުޅިގެން މިހާރު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އެބަ އޮތް ކަމަށެވެ.

މަތިވެރިން 10 މީހުން ފައްސިވެ، ރަށް މޮނިޓަރިންގް އަށް ލާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ފައްސިވެފައިވަނީ ނެގި ސުންކުގެ ތެރެއިން އޭރު ނަތީޖާ ލިބުނު 15 މީހުންގެ ތެރެއިން 10 މީހުންގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް