ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ރަސްމީ ނަތީޖާ ގެޒެޓް ކޮށްފި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކޮށްފިއެވެ. ގެޒެޓު ކޮށްފައިވަނީ ތ. ގާދިއްފުއްޓާއި ...

24 Apr 2021 | 05:58

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކޮށްފިއެވެ.

ގެޒެޓު ކޮށްފައިވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށް ފިޔަވައި އެހެން ހުރިހާ ދާއިމީ ނަތީޖާތަކެކެވެ.  އެ ދެ ރަށުގައި  ވޯޓުލުން އަލުން ކުރިޔަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެވެ. އެހެން ވެފައިވަނީ އޮފިޝަލުންނަށް އޮޅިގެން އެ ރަށްރަށަށް ވޯޓުލީ އެހެން ދާއިރާތަކުގެ ބައެއް މީހުންނަށް އެ ރަށްރަށުގެ ވޯޓު ކަރުދާސް ދެވިގެން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ ކައުންސިލް މެމްބަރު އަންހެން ގޮނޑިއަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދު އެވެ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓާއި ކައުންސިލް މެންބަރުންގެ ގޮނޑިއަށް ވާދަ ކުރި އެމްޑީޕީގެ ހަސަން ޝިފާޒް އާއި ޕީޕީއެމްގެ އިބްރާހިމް އަބޫބަކުރާއި ދެމެދުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ ދާއިރާތަކުގައި އަލުން ވޯޓުލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް