އުރީދޫ އަދި އެމްއެމްޑަބްލިޔު މޯލްޑިވްސް ގުޅިގެން ބިދޭސީ މަސައްކަތެރިންނަށް ރޯދަވީއްލުން ހަދިޔާކުރަން ފަށައިފިއެވެ.
ރަމަޟާން މަހުގެ ކުރިއަށް އޮތް ކޮންމެ ހުކުރު ދުވަހަކު 100 ބިދޭސީއަކަށް އުރީދޫން ރޯދަވީއްލުން ހަދިޔާކުރާނެއެވެ.
މި ހަރަކާތުގައި އުރީދޫއާއެކު ހަރަކާތްތެރިވަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ދިވެހި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އެމްއެމްޑަބްލިޔު މޯލްޑިވްސް އެވެ. މި ޖަމްއިއްޔާއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެދުނު ޖަމްއިއްޔާއެކެވެ.
https://twitter.com/ooredoomaldives/status/1385580457010491398?s=21
އުރީދޫ މޯލްޑިވްސް އިން ސީއެސްއާރގެ ދަށުން ކޮންމެ ރަމަޟާން މަހަކު ވެސް މި ފަދަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.
މިކަމާ ގުޅިގެން، އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ރައީސް މިނާޙް ފާއިޒް ވިދާޅުވީ، މި ހަރަކާތުގެ ދަށުން ފުރަތަމަ 100 ޕެކް މިއަދު ބެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތް ޢީދު ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް