މާންދޫ ކްލަސްޓާއާއި ގުޅުންހުރި ތިން މީހަކު ގަމުން ޕޮޒިޓިވްވެ ގަން ފޮނަދޫ މޮނީޓަރިން އަށް

މާންދޫ ކްލަސްޓާއާއި ގުޅުންހުރި ތިން މީހަކު ލ. ގަމުން ޕޮޒިޓިވް ވެ، މާންދުއާއި ގުޅިފައިވާ ލ. ގަމާއި ލ. ފޮނަދުއަށް އަރާ ފޭބުން މަނާކޮށްފިއެވެ. މިރޭގެ ވަގުތެއްގައި ގަމުން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު...

24 Apr 2021 | 00:05

މާންދޫ ކްލަސްޓާއާއި ގުޅުންހުރި ތިން މީހަކު ލ. ގަމުން ޕޮޒިޓިވް ވެ، މާންދުއާއި ގުޅިފައިވާ ލ. ގަމާއި ލ. ފޮނަދުއަށް އަރާ ފޭބުން މަނާކޮށްފިއެވެ.

މިރޭގެ ވަގުތެއްގައި ގަމުން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ތިން މީހުންވެސް ނިސްބަތްވަނީ ލ. ގަމު މުކުރިމަގު އަވަށަށެވެ. ޕޮޒިޓިވް ވި ތިން މީހުންނަކީ މާންދޫ ކްލަސްޓާއާއި ގުޅުންހުރި ތިން މީހުންނެވެ.

މާންދޫން އަށް މީހަކު ޕޮޒިޓިވް ވިތާ އެއް ދުވަސްގެ ތެރޭގައި ގަމުން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ގަމާއި ފޮނަދުއަށް އަރާފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ.

ގަމުން ތިން މީހަކު ޕޮޒިޓިވް ވުމާއެކު، މާންދޫ ކްލަސްޓާއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 11 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް