ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ފައިސާ ޗާޕް ޖެހުމެއް ނޫން: މިނިސްޓަރު އަމީރު

ފައިސާ ޗާޕްޖަހަން ސަރުކާރުން ނޫޅޭ ކަމަށާއި ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ފައިސާ ޗާޕް ޖެހުން ނޫންކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސ...

24 Apr 2020 | 12:29

ފައިސާ ޗާޕްޖަހަން ސަރުކާރުން ނޫޅޭ ކަމަށާއި ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ފައިސާ ޗާޕް ޖެހުން ނޫންކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބްލޭންކް ޗެކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިނުވާނެ ކަމަށާއި ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އަމީރު ވިދާޅުވީ މަޖިލީހުގައި އެދިފައިވާނީ ޕަބްލިކް އެކައުން އޯވަޑްރޯ ކުރާ މިންވަރު މިވަގުތަށް އިތުރު ކުރަން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް އޯވަޑްރޯ ކުރެވެން މިހާރު އޮންނައިރު އެއީ ގާތްގަނޑަކަށް 220 މިލިޔަން ރުފިޔާ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގައި އެދުނީ އަދި ބޭނުންވަނީ ހަތަރު ބިލިޔަން ރުފިޔާއާއި ހަމައަށް އެ އަދަދު އިތުރުކުރަން ކަމުގައި އަމީރު ވިދާޅުވިއެވެ.

މިމޭރުމުން މިއަދު ވާހަކަފުޅު ދައްކަވަމުން އަމީރު އިތުރަށް ވިދާޅުވީ މިކަމުން އަރައިގަތުމަށްފަހު އަލުން އިގްތިސޯދެއް ހޯދަން އެބަޖެހޭ ކަމަށާއި އެހެންކަމުން މިހާރު ސިއްހީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ. މިކަމުން އަރައިގަނެގެން ނޫނީ އިގްތިސޯދު ހަމައަކަށް ނޭޅޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭންކްތަކުގައިވެސް އޯޑީ ފެސިލިޓީ އެބަ އިތުރުކުރާކަން އަމީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ކުރެވޭ މި ބޭނުންކުރަނީ ކުރިއަށްދާ ހަރަކާތްތަކަށް ކަމުގައިވެސް އަމީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް