ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް!

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު100 އިން މައްޗަށް އަރައިފި އެވެ. އެޗްޕީއޭއިން އާންމު ކުރަމުންދާ އަދަދުތަކަށް ބަލާއި މިހާތަނަށް ވައިރަހަށް110 މީހަކު ވަނީ ޕޮސިޓީވް ވެފައި އެވެ. އޭގެ ތެރޭގ...

24 Apr 2020 | 03:26

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމު ކުރަމުންދާ އަދަދުތަކަށް ބަލާއި މިހާތަނަށް ވައިރަހަށް110 މީހަކު ވަނީ ޕޮސިޓީވް ވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ46 ދިވެހިންނާއި64 ބިދޭސީންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ޖެހިފައިވާ މީހަކު ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެއީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަސް ފަހު އާންމުންގެ ތެރެއިން މާލެއިން ކޯވިޑް ޖެހިފައިވާ މީހަކު ފެނިފައިވަނީ މިމަހުގެ15 ވަނަ ދުވަހު އެވެ.

މިހާތަނަށް އަތޮޅު ތެރެއިން ޕޮސިޓިވް ކޭސްއެއް ފެނިފައިވަނީ ހއ. އުލިގަމުން އެކަންޏެވެ. އެމީހާއަސް ބަލި ޖެހިފައިވަނީ މާލެއަށް ކުރި ދަތުރެއްގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެމީހާ މިހާރު ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެނެސް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ފަހުން ޕޮސިޓިވް މީހުން އަދި ހާއްސަކޮށް ދިވެހިން ފެންނަލެއް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އަކީ އެންމެ ގިނަ މީހުން އެއް ދުވަހާ ބައްޔަށް ޕޮސިޓިވްވި ދުވަހެވެ.

އިއްޔެ އެކަނި23 މީހަކު މާލެއިން ކޯވިޑަށް ޕޮސިޓިވްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި19 ބިދޭސީންނެވެ. އިއްޔެ ޕޮސިޓިވްވި ބިދޭސީންގެ ތެރެއިން14 މީހަކީ ތޮއްޖެހިގެން މާލޭގައި ދިރިއުޅެމުންދިޔަ ބައެއްގެ ތެރޭގައި އެއްކޮށް އެއްތަނެއްގައި އުޅެމުންދިޔަ ބައެކެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ އެއް ދުވަހުން އަނެއް ދުވަހަށް ޕޮސިޓިވްވާ މީހުން ދެގުނަ ވާނަމަ ކޯވިޑްގައި ރާއްޖެ ދެ ހަފްތާ ތެރޭގައި ނުރައްކާތެރި ހާލަތަކަށް ގެންދާނެ ކަމަށެވެ. އެކަމަކު ފަހުން ބުނެފައިވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ކަމޭހިތައި މާލޭގެ ލޮކްޑައުންއަށް ރަނގަޅަށް އަމަލުކޮށްފި ނަމަ އެ މިސްރާބު ބަދަލު ކުރެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް